25 ޖަނަވަރީ 2025

ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނެތް ޕާޓީއަކުން ބޭފުޅަކު ހޮވައިފިނަމަ ފެންނަނީ ކަންކަން ނުވެ ދާ ދުވަސްތަކެއް: ރައީސް

ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނެތް ޕާޓީއަކުން ބޭފުޅަކު ހޮވައިފިނަމަ ފެންނަނީ ކަންކަން ނުވެ ދާ ދުވަސްތަކެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، އާޒިމާގެ ކެމްޕެއިން ޖަލްސާގައި މިރޭ ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނެތް ޕާޓީއަކުން ބޭފުޅަކު ހޮވައިފި ނަމަ އަނެއްކާވެސް މާލޭ ރައްޔިތުން ތަކުރާރު ކުރަން ޖެހޭނީ ކަންކަން ނުވެ ދާ ދުވަސްތަކެއް ކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ ސަފަކީ ތަރައްގީގެ ސަފުކަމަށާއި މި ސަރުކާރަކީ ގައުމީ ވިސްނުމުގައި ރައްޔިތުން އިސްކޮށްގެން ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ސަރުކާރެއްކަން ފާހަގަކުރައްވަމުން، ޕީޕީއެމް ޕީއެންސީގެ ސަފަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ހަމަ ޔަގީނުންވެސް އެ ވިސްނުމުގެ ބޭފުޅުންކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ސަފަށް ގުޅިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް އަދި އެ ސަފަށް ގުޅިވަޑައިގަންނަން ވިސްނުންފުޅުގައި ތިއްބެވި ބޭފުޅުންވެސް ގައުމީ ވިސްނުން އިސްކުރައްވާ އެގޮތުގައި ތިއްބެވުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރަން އައިސް، ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ ރައްޔިތުންނަށް ޚިދުމަތް ކުރަން، ކައުންސިލަށް ކައުންސިލަރުން އިންތިހާބު ކުރަނީ އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނަށް ހިދުމަތް ކުރަން، މޭޔަރަކު އިންތިހާބު ކުރަނީ ނުވަތަ ކައުންސިލެއްގެ ރައީސް އިންތިހާބު ކުރަނީ އެރަށެއްގެ ކަންތައްތައް އެންމެ އިސްކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އެ ޒިންމާ ރަނގަޅަށް އަދާކުރުމަށް އިތުބާރު ކޮށްފައި" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފައިދާ ވާނީ ކޮންގޮތަކަށް ގޮތް ނިންމައިގެންތޯ ބަލަން ޖެހޭކަމަށެވެ. އަދި މޭޔަރުކަމަށް ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ހޮއްވަވަންވީ ސަބަބުތައްވެސް ރައީސް ވިދާޅުވެދެއްވިއެވެ.

ރައީސް ވިދާޅުވީ މިއަދުގެ މައުޟޫއު ޚާއްސަވަނީ މާލެ ސިޓީއަށްކަމަށާއި މާލޭ މޭޔަރު ހޮވުމަށްޓަކައި 13 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ މާލޭގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ އިންތިހާބެއްކަމަށެވެ.
2021 ވަނަ އަހަރު ބޭއްވި މޭޔަރު އިންތިހާބުގައި މާލޭގެ ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް ވަރަށް ބޮޑު އިންސައްތައަކުން ހޮއްވަވައިދެއްވިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެދުވަހުން ފެށިގެން ރިޔާސީ އިންތިހާބާ ހަމައަށް 2 އަހަރާއި ދުވަސްކޮޅެއް ހިނގާފައިވާއިރު އެދުވަސްތަކުގައި އެމަނިކުފާނުގެ މޭޔަރުކަމުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން މަސައްކަތް ކޮށްފައިވާކަމަށެވެ. އެ މަސައްކަތް ކުރުމުގައި ރައްޔިތުން ވަރަށް ކައިރިން ބެލިކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފުރަތަމަ ދުވަހުން ފެށިގެން ޕްލޭނެއް އެކުލަވާލައްވާ މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް ކަންކަމަކީ ކައުންސިލަށް ލިބޭ ބަޖެޓުން ކޮށްލެވޭ ވަރުގެ ކަންކަންކަމަށާއި ބައެއް ކަންކަމަކީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ކުރެވެން ހުރި ކަންކަންކަމަށާއި ވާއިރު އަނެއްބައި ކަންކަމަކީ ސަރުކާރުން އެއްބާރުލުން ދީފިއްޔާ ނޫނީ ނުވާނެކަންކަން ކަމަށާއި، އެމަނިކުފާނުގެ މޭޔަރުކަމުގެ ދަށުން ސަރުކާރުން އެއްބާރުލުން ދީގެން ނޫނީ ކުރެވެން ހުރި ކަންކަން ފިޔަވާ ދެން ވައުދުވި ހުރިހާ ކަމެއް ކުރެވުނުކަމަށެރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނެތް ޕާޓީއަކުން ބޭފުޅަކު ހޮވައިފި ނަމަ އަނެއްކާވެސް މާލޭ ރައްޔިތުން ތަކުރާރު ކުރަން ޖެހޭނީ ކަންކަން ނުވެ ދާ ދުވަސްތަކެއްކަމަށެވެ.

އަދި ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުވެ ހުރީ ބޮޑެތި ކަންތައްތައްކަމަށާއި އޭގެ ތެރޭގައި ހައުންސިންއާ ގުޅޭ ކަންކަމާއި މަގު ހެދުން އަދި ޕާކިންއާ ގުޅޭ މައްސަލަތައް ހިމޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ހުރަސް އެޅުމުން މާލެއަށް ބޭނުންވާ މުހިންމު އެ ކަންކަން ނުކުރެވުނު ނަމަވެސް އެކަންކަން ކުރަން މި ސަރުކާރުން ތިބީ ފުރުސަތު ދީގެންކަމަށެވެ. އެކަމަކު މޭޔަރުކަމަށް އަންނަ ބޭފުޅެއްގެ ގޮތުން ސަރުކާރަށް ޖެއްސުން ކުރުމަށް މާލޭގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަން ނުކޮށް ދޫކޮށްލާފާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު