Wednesday, 19 June 2024

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކުރުމަށް ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ހުޅުމާލެ 2 ގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ގިނަ ކަންކަމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ކަމަށެވެ.

ވަރަށް އަވަސް މުއްދަތެއްގައި އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ބަހައްޓައި ދިނުމަކީ މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ ކަމަށެވެ. އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު