Tuesday, 18 June 2024

ފްރީލާންސް މަސައްކަތްތެރިންގެ ޖަގަހަ ހެދުންފަދަ އުއްމީދީ އެތައް ކަމެއް އާޒިމާގެ މެނިފެސްޓޯގައި

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް އަންނަ ޖެނުއަރީ މަހު ބާއްވާ ބައި އިލެކްޝަންގައި ވާދަ ކުރައްވަން ނިންމެވީ، ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި، އުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ދެމި ހުރި މީހަކަށް ވެފައި ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ޝައުޤު އަދިވެސް ހުރުމުންނެވެ.

އާޒިމާއަކީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ކަމުގެ އިންތިޚާބަށް ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސްގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެވެ.

ޢުމުރުން 55 އަހަރުގެ ޢާއިޝަތު އާޒިމާ ޝަކޫރަކީ ޢުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ސަރުކާރުގެ އެކި ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރެއްވި އާޒިމާގެ ޕެޝަންއަކީ އިޖްތިމާޢީ ޚިދުމަތާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ދާއިރާ ކަމަށް އާޒިމާ ފާހަގަކުރައްވައެެވެ.

އާޒިމާގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަކީ:

  • ހިތްހަމަޖެހިގެން ހިނިތުންވުމާއެކު
  • ގުޅިގެން އެކުގައި ތަރައްގީކުރުމުގައި ބައިވެރިވުން
  • ގްރޭޓާ މާލޭގެ ކަނޑުފަޅު ފަރުގެ ފުރިހަމަ ނަފާއަށް
  • ފަހުރުވެރި އަންހެނުން
  • އިލްމާއި ހުނަރުގެ ވެށި
  • 21 ވަނަ ގަރުނަށް ފައްކާ ކުރެވިފައި
  • ދިވެހިންގެ އިގްތިސާދުގެ ވިންދު
  • ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް

ހިތްހަމަޖެހިގެން ހިނިތުންވުމާއެކު:

– ދުޅަހެޔޮކަން ކަށަވަރު ކުރުން
– އާއިލާ އާއި ރައްޓެހިންނާއެކު މުނިފޫހިފިލުވާ ސެންޓަރ
– ކޮމިއުނިޓީ ސެންޓަރު
– ކުޅިވަރު އެވެނިއުތައް
– ފްރީލާންސް މަސައްކަތްތެރިންގެ ޖަގަހަ
– ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓާއެއް

 

ރައްކާތެރި އަމާން މާލެ

– ސިވިލް ޑިފެންސްގެ ނިޒާމެއް
– އިމަޖެންސީ އާއި ސުއިސައިޑް ހޮޓްލައިން
– ޝަކުވާ ލިބިގަތުމުގެ ނިޒާމު
– ބިލްޑިން ކޯޑް އާއި ފަޔާ ކޯޑް ފުރިހަމަކޮށް ތަންފީޒު ކުރުން
– އުމްރާނީ މަސައްކަތްތަކާއި ގުދަންތައް އެކަހެރި ކުރުން
– މާލޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ އިންސްޕެކްޓަރެޓެއް

ފެހި، ފެހި ފަރި މާލެ

– ރާއްޖޭގެ ހުރިހާ މާމެލާމެލި ދައްކުވައިދޭ ބަގީޗާ
– ފެހި މުޖުތަމައުއެއް
– އާއިލާވަންތަ ޕާކްތައް
– އެކަށީގެންވާ ކުނި ނައްތާލުމުގެ ނިޒާމު
– ޕްލާސްޓިކް ރިސައިކަލް ކުރުމާއި ކުނި މަދު ކުރުމުގެ ޕްރޮގްރާމް

ގުޅިގެން އެކުގައި ތަރައްގީ ކުރުމުގައި ބައިވެރިވުން

– އަވަށު ބޯޑު
– މުޖުތަމައުގެ ކަމުއޮށިގެންވާ ބޭފުޅުންގެ މަޝްވަރާ މަޖިލިސް
– ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ
– ޝަކުވާ ހުށަހެޅުމުގެ ނިޒާމު
– ބާރުވެރިކުރުވުމުގެ ފޯރަމްތައް

ހަމަ އެންމެންގެ ވެސް މާލެ

– ރައްކާތެރި ދުވާރުތައް
– ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ޕާކް ކުރުމާއި އިމާރާތްތަކަށް ވަދެ ނުކުތުމުގެ އިންތިޒާމު
– އިސް ރަށްވެހިންގެ މަރުކަޒުތައް
– ކޮމިއުނިޓީ ހެލްތު ވަސީލަތްތައް
– އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީ ފޯރުކޮށްދޭނެ ނިޒާމެއް

ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް:

– ޕާކް ކުރުމަށް ހައްލެއް
– ފެން ހިންދޭނެ ރަނގަޅު ނިޒާމެއް
– ސާފު މަގުތަކާއި އާންމުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް
– އާންމު ފާހަނާތައް
– އުޅަނދު އެތެރެ ކުރުމާއި ދުއްވުމުގެ ޓްރެފިކް ނިޒާމެއް
– އާންމު މަސައްކަތްތައް ކުރުމަށްޓަކައި ދެވޭ ހުއްދަތައް އިންތިޒާމު ކުރުން

ދިވެހިންގެ އިގްތިސާދުގެ ވިންދު:

– ކޮންވެންޝަން ސެންޓަރުތައް ބިނާ ކުރުން
– ލޯކަލް މާރުކޭޓުތައް އިތުރަށް ތަރައްގީ ކުރުން
– ބަނދަރު ސަރަހައްދު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މުހިންމު ހިދުމަތްތަކާއެކު ބެލެހެއްޓުން

21 ގަރުނަށް ފައްކާ ކުރެވިފައި

– މުޅި މާލެ އެއް ވިއުގަޔަކުން ގުޅާލުން
– މާލޭގެ ހުރިހާ ވަސީލަތްތައް ފަސޭހަކަމާއެކު ދެނެގަނެ ބޭނުން ކުރެވޭނެ އެޕް
– ކައުންސިލްގެ ހިދުމަތްތަކަށް ގޭގައި ތިބެ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުން
– އެއް ފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތެއް ލިބޭ ފިހާރައެއް އުފެއްދުން

އިލްމާއި ހުނަރުގެ ވެށި

– ކިޔަވާ ތަމްރީނުވުމަށް ތިބެވޭނެ ރައްކާތެރި ބޯޑިނ ވަސީލަތްތައް
– ފުރިހަމަ ޕްރީ ސްކޫލް ހިދުމަތް
– ޒަމާނީ ލައިބްރަރީ އާއި ދިރާސީ ވަސީލަތްތައް
– އެންމެން ބޭނުން ކުރެވޭނެ ކޮމިއުނިޓީ ސެންޓަރުތައް
– ޒުވާނުންނަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުން

ފަހުރުވެރި އަންހެނުން

– އަންހެނުންނަށް ހާއްސަ 1،000-1،500 ވަޒީފާ
– އަންހެނުން ކުރިއަރުވާ ކޮމިޓީ އަށް ތަމްރީނާއި އެހީތެރިކަން
– އަންހެނުންގެ ފަރާތުން އަންހެނުންނަށް މެންޓަރިން
– މާލީ އެހީތެރިކަން
– އެކަނިވެރިމައިންނަށް ވަކި ނިޒާމެއް ގާއިމު ކުރުން
– މުނިސިޕަލް ޑޭ ކެއާ ސެންޓަރުތަކެއް

މާލޭގެ ކަނޑު، ފަޅު ފަރުގެ ފުރިހަމަ ނަފާ އަށް

– ސާފުތާހިރު، ފަތާ ސަރަހައްދާއި މޫދާ ގޮނޑުދޮށް
– މޫދު ކުޅިވަރުތަކުގެ ހިދުމަތްތައް
– ހަމަވައިގައި ހިތްހަމަޖެހިގެން އާއިލީ ކެފޭތައް
– ގުދުރަތީ ވެށީގެ ނަފާ ލިބިގަތުމުގެ ނިޒާމުތައް
– ހުޅުމާލެ، މާލެ، ވިލިމާލެ މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ރައްކާތެރިކަމާއި އެހެނިހެން ވަސީލަތްތައް

ގުޅިގެން އެކުގައި ތަރައްގީ ކުރުމުގައި ބައިވެރިވުން

– ޒުވާނުންނަށް އިލްމާއި ހުނަރުގެ ޕްރޮގްރާމްތައް
– ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސެންޓަރު
– އަންހެނުން ބާރުވެރިކުރުވުމުގެ މަޝްރޫއު
– ވެޓް ޝެލްޓާ އަދި ކެޓް ޝެލްޓާ
– ދިވެހިވަންތަކަން ދައްކުވައިދޭ މަރުކަޒު
– ރާއްޖޭގައި ހެދޭ މާމެލާމެލީގެ ގަސްތައް ހިމެނޭ ބަގީޗާތައް

މާލޭ މޭޔަރުކަމަށް ކުރިމަތިލެއްވި ސަބަބު

މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވި ސަބަބަށް އިޝާރާތްކުރައްވައި އާޒިމާ ވިދާޅުވީ އެކަމަނާއަކީ ޢުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި އުޅުއްވި ބޭފުޅަކަށްވެފައި، މާފަންނު އަވަށު އޮފީސް ހަ އަހަރު ވަންދެން ހިންގަން މާފަންނު އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާގެ މަޤާމުގައި ހުންނެވި ކަމަށާއި، ރާއްޖެއަށް ސުނާމީ އެރިއިރުވެސް މާފަންނު އަވަށު އޮފީސް ހިންގަމުގެ ޒިންމާ އަދާކުރެއްވިއިރު މިދާއިރާގައި މަސައްކަތްކުރެއްވުމަކީ ޝައުޤުވެރިކަން ހުރި ކަމެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި ރާއްޖޭގެ ބޮޑެތި މައްސަލަތައް މާލެއިން ޙައްލުކޮށްގެން ނޫނީ ޙައްލު ނުކުރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެކަންކަން ޙައްލުކޮށްދިނުމަށް އަދި އެކަންކަން ޙައްލުކޮށްދިނުމުގައި ރައީސް މުޢިއްޒުގެ ޓީމުގެ ތެރޭގައި ހުރެގެން ރައީސް މުޢިއްޒުގެ ވިޝަން ކާމިޔާބުކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އަމާޒެއް ކަމުގައި އާޒިމާ ފާހަގަކުރެއްވިއެވެ.

ޙާސިލު ކުރަން ބޭނުންފުޅުވާ އެންމެ ބޮޑު ލަނޑުދަނޑި

"މާލޭގަ ވަކި އެއްކަމެއް ނޫން ޓާގެޓް ކުރަންޖެހެނީ. ހުރިހާ ކަމަށް ޓާގެޓް ކުރަންޖެހޭ. އޭގެ ތެރޭގައި މާލޭގެ މަގުތައް އަމާންކަން، ސާފުތާހިރުކަން، މާލޭގެ ތޮއްޖެހުން، ގޯތިގެދޮރު، އެކަހަލަ އެތައް ކަމެއް އެބަހުރި." ޙާސިލު ކުރައްވަން ބޭނުންފުޅުވާ އެންމެ ބޮޑު ލަނޑުދަނޑިއަށް އިޝާރަތް ކުރައްވާ އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އެކުލަވާލެވިފައި އޮތް ޤައުމީ ޕްލޭންއަކާ އެކުގައި މަސައްކަތްކުރިއަށް ގެންދާނެ ކަމަށާއި، އެންމެ އާޖެންޓްކޮށް ހުރި ބޮޑެތި ކަންތައްތަކަށް އެއް ފަހަރާ ތަންފީޒުކުރެވޭ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދައުރު ނިމޭއިރު މާލޭ ސިޓީ

"އަޅުގަނޑު ދެކޭ ހިތްވަނީ މާލެއަކީ އަމާންކަމާއެކުގަ ކޮންމެ އުމުރެއްގެ މީހަކަަށްވެސް ނިކުމެ އުޅެވޭ ހަމަ ނޭވާލައިގެން އިށީނދެލާނެ ތަންތަން ހުރި މާމެލާމެލި ފަރިވެ ފޮޅޭނެގޮތަށް، ރައްކާތެރިކަމާއެކު ކުދިންނާއި އަންހެނުންނަށް އެންމެނަށް އުޅެވޭނެގޮތަށް. އަޅުގަނޑު ޤަބޫލުކުރާ ޕްރިންސިޕަލަކީ ޑައިވާސިޓީ ނުވަތަ ހުރިހާ ކަހަލަ މީހުންނަށް އެކުގަ އުޅެވޭނެ ތަނަކަށް މާލެވާންޖެހޭ. އަޅުގަނޑުގެ ވިޝަން އަކީ، މާލޭގެ އެންމެންގެ މާލެއަކަށް މާލެ ވުން." ދައުރު ނިމޭއިރު މާލޭ ސިޓީ ސިފަކޮށްދެއްވަމުން އާޒިމާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ވިޝަންއަކާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނުގެ ސަރުކާރަށް ވޯޓު ދޭނީ ވެސް ވަރަށް ބޮޑެތި އުންމީދުތަކެއް ހުރެގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ފުރިހަމަ ކުރެވޭނީ މޭޔަރުގެ އިންތިހާބާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބު ނަގައިގެންނެވެ.

"އެހެންވީމަ އަޅުގަނޑުގެ މިއަދުގެ އެދުމަކީ މި ދެ އިންތިހާބު ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވުން،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ރައީސް މުއިއްޒުގެ ވިޝަން ހަގީގަތަކަށް ހެއްދެވުމަށް ކެރިވަޑައިގެން ސާބިތުކަމާ އެކުގައެވެ. އަދި މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ތަފާތު ދައްކަވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު