Saturday, 15 June 2024

ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާއި މީޑިޔާ ވިލެޖެއް ހެދުމާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަނީ

ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާއި މީޑިޔާ ވިލެޖެއް ހެދުމާ މެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ފެށްޓެވުމުގެ ކުރިން ރައީސް އޮފީހުގައި ދެއްވި ވީޑިޔޯ މެސެޖެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މުހިންމު ކަންތައްތަކަކާމެދު މަޝްވަރާކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިންގ ކެޓެގަރީއެއް ތަޢާރަފުކުރުމާއި، މީޑިއާތަކަށް ޚާއްސަކޮށްގެން ޤާއިމުކުރުމަށް ނިންމާފައިވާ މީޑިއާ ވިލެޖުގެ މަސައްކަތްތަކާގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވިގެންދާނެކަމަށެވެ.

ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު