22 އެޕްރީލް 2025

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ކޯލް ސެންޓަރ ތަޢާރަފުކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައު ކޯލް ސެންޓަރެއް ޤާއިމްކޮށް ވުޒާރާއަށް ގުޅޭނެ އައު ނަންބަރެއް ތަޢާރަފް ކޮށްފިއެވެ.

އެ ވުޒާރާގެ ޚިދުމަތްތަކަށް އެދި ގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއި އެކު ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ އައު ނަންބަރަކީ 1433 އެވެ.

މިކަން ހާމަކުރައްވައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކޯލް ސެންޓަރުގެ މި ނަންބަރަކީ މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާޢީ ޚިދުމަތްތަކާގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން 1412 ގެ އިތުރުން ތަޢާރަފުކުރެވުނު މުޅިން އައު ނަންބަރެއްކަމަށެވެ. އަދި 1421 އާއި 1412 އަކީ 24 ގަޑިއިރު ގުޅޭ ހެލްޕްލައިންތަކަކަށް ވީނަމަވެސް، 1433 ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއްކަމަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް ގުޅޭނެ ކަމަށާއި، ކޯލު ނުނެގި ދާ ޙާލަތްތަކުގައި ކޯލުގެ މަޢުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލް ސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެކަމަށެވެ.

އެހެންކަމުން، ކޯލް ސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރެވި، މި ސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު