Thursday, 20 June 2024

ގުޅުންތަކަށް ހީނަރުކަން އަންނަފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: ސަރުކާރު

ބައިނަލްއަޤްވާމީ ގުޅުންތަކަށް ހީނަރުކަން އަންނަފަދަގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން މިގޮތަށް ބަޔާނެއް ނެރުއްވާފައި މިވަނީ، އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް އިޙްތިރާމްކުޑަވާގޮތަށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވީ، ބޭރު ޤައުމުތަކުގެ ބައެއް ލީޑަރުންނާއި އޮފިޝަލުންނަށް އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި އަމަލުކޮށްފައިވާކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ ފަރާތްތަކުގެ އަމިއްލަ ޚިޔާލާއި ވިސްނުންކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.

ސަރުކާރުން ގަބޫލުކުރައްވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުގޮތެއްގައި ކަމަށާއި، ނަފުރަތާއި ފިތުނަ އުފެއްދުމަށް ނުވަތަ ރާއްޖެއާއި އެހެން ޤައުމުތަކާ އޮންނަ ގުޅުމަށް ހީނަރުކަން އަންނަގޮތަށް ޢަމަލުނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޤައުމުތަކުގެ ލީޑަރުންނާއި އޮފިޝަލުންނާމެދު އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު