މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ ޑރ. ޢަބްދުލް ފައްތާޙު ބިން ސުލައިމާންގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ އިރުޝާދު ދެއްވާފައިވާގޮތުގެ މަތިން، ރާއްޖޭގެ ހައްޖު ކޯޓާ އިތުރުކުރެވޭތޯއާއި ރާއްޖޭގެ ޙަޖީން މިނާއާއި ޢަރަފާތުގައި ތިބޭ ތަން ފެންވަރު ރަނގަޅު ތަނަކަށް ބަދަލުކުރުމާމެދު ވަނީ މަޝްވަރާކުރެވިފައެވެ.