15 ޖަނަވަރީ 2025

ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށް ޚާއްޞަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ނިންމަވައިފި

ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށް ޚާއްޞަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި މިފަދަ ތަނެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެގޮތް ބެލުމަށާއި އަދި އެގޮތަށް އެކަން ނުކުރެވޭނަމަ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން މި އިމާރާތް އެޅުމަށް ގޮތެއް ހޯދުމަށްވެސް މިއަދު ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު