Saturday, 15 June 2024

އެއް ހަފްތާގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ދެނީ؛ ޕޭޕަލް އަށް އެކްސެސް ހޯދުމުގެ މަސައްކަތް ފަށައިފި

އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގިނަވެގެން އެއް ހަފްތާގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށާއި، އީ-ކޮމަރސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާދިއްތަ ދުވަހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން މިކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގިނަވެގެން އެއް ހަފްތާގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށެވެ. ހަމައެހެންމެ އީ-ކޮމަރސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމާއި، އެފަދަ އެހެން ޕްލެޓްފޯމްތަކުގެ އެކްސެސް ހޯދުމުގެ ގޮތުން އެފަދަ ޚިދުމަތްތައް ދޭ އެހެން ފަރާތްތަކާއެކުވެސް މަސައްކަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސައިބަރ ސެކިއުރިޓީގެ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް ޑްރާފްޓުކުރުމާއި، ސައިބަރ ސެކިއުރިޓީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ތުރުކީވިލާތާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު