7 ފެބުރުވަރީ 2025
މަސްވެރިންގެ ގުންޒަރުގައި، ފައިލް ފޮޓޯ: ރައީސް އޮފީސް

މި މަހު 10 ގެ ކުރިން މަސްވެރިންނަށް ދޫނުކުރެވި ހުރި ފައިސާގެ ރަނގަޅު މިންވަރެއް ދޫކުރަނީ

މަސްވެރިންނަށް ދޫނުކުރެވި ހުރި ފައިސާގެ ރަނގަޅު މިންވަރެއް މިމަހު 10 ގެ ކުރިން ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވައި ޝިޔާމް ވިދާޅުވެފައިވަނީ މި ވަގުތަކީ ދައުލަތަށް މާލީ ދަތިކަން ވަރަށް ބޮޑު ދުވަސްވަރެއް ކަމަށާއި ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ނުދެވޭ ކަމަށާއި، މިމަހުގެ 10 ގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ހަމަ ރަނގަޅު އަދަދެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގާ އެކީގައި ސަބްސިޑީގެ ގޮތުގައި ދައުލަތުން ވަރަށް ބޮޑު އެއްޗެއް ދޭންޖެހޭކަމަށާއި، ކޮންމެ މަހަކު ވެސް މަސްވެރިންނަށް ފައިސާ ދެނީ ފިނޭންސް މިނިސްޓަރީގެ އެހީތެރިކަމާއެކުގައިކަން ފާހަގަކުރައްވަމުން މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ މިންވަރެއް މި މަހުގެ ތެރޭގައި ދިނުމަށް މިފްކޯއާ އެކުގައި ފިނޭންސް މިނިސްޓަރީން ވެސް މަސައްކަތް ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިރުވާ މަހަށް ފައިސާ ނުލިބޭތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެ ބައެއް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު