Wednesday, 19 June 2024

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ޔާމީން

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމަށް ނ.ވެލިދޫ، އަމަން ޢަބްދުﷲ ޔާމީން އައްޔަންކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ މަތިން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ސ.ހުޅުދޫ، ކަޅުމަގިގެ ޢަބްދުالله ރަޝީދު ވަކިކުރައްވާފައިވާ ކަމަށެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވި ޢަބްދުﷲ ޔާމީންވަނީ ރައްޔިތުންގެ މަޖިލީހުގެ ނ.ވެލިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު