ޙަސަދަވެރިކަން ބޮޑުވެ އިންސާނަކު ބަލާލާ ގޮތްވެސް ކަމުނުދާ ހިސާބުގައި!

އަނެކާ ކުރިއަރާދާން ބޭނުން ނުވަނީ ހެއްޔެވެ؟ ޙަސަދަވެރި ވަނީ ކީއްވެ ހެއްޔެވެ؟ ޙަސަދަވެރިކަމަކީ ނަފްސާނީ ބަލިތަކުންކުރެ ބައްޔެކެވެ. އެއީ އެކެއްގެ ކިބައިގައި ހުރި މޮޅުކަމަށް އަނެކަކު ނުރުހުމުން ދިމާވާ ކަމެއްކަން އެނގެއެވެ. ޤަބޫލުކުރާށެވެ. އެއީ ޝައިޠާނާގެ ދަންތުރަތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދަންތުރަވެސްމެއެވެ.

ސިޔާސީ ގޮތުން މީހުންނާ ދިމާކުރަންވެސް ވަކި ހައްދެއް އޮންނާނެއެވެ. މީހުންގެ އަބުރާ ޢިއްޒަތް ނަގާލައި، ކުރިއަރާދާން މަސައްކަތްކުރާ ޒުވާނުންނަށް ތިޔަ ކުރަނީ ކޮންފަދަ މަލާމާތެއް ހެއްޔެވެ؟ ފުރުޞަތު ދޭން ބޭނުން ނުވަނީ ކީއްވެހެއްޔެވެ؟ އެއީވެސް ހަމަ މި ޤައުމުގެ މަންމައަކާ ބައްޕައަކަށް އުފަން ދަރިއެއް ނޫންތޯއެވެ؟ ދިވެހި ޤައުމުގެ ދަރިއަކަށް ރަނގަޅު މަޤާމެއް ލިބުނީމައި، ހިތްވަރުދީ ކުރިއަރުވާން މަސައްކަތް ނުކުރާންވީ ސަބަބަކީ ކޮބައިތޯއެވެ؟ ސިޔާސީ ގޮތުން ފުރާފުރިހަމަ ނުވެހުއްޓަސް، ޤައުމަށް ޚިދުމަތެއް ކުރުމަށް ނިކުތުމުން، އެއްބާރުލުންދީ ޤައުމުގެ ކަންކަން ރަނގަޅު ކުރުމަށް ޤައުމުގެ ކޮންމެ މުވާތިނަކުވެސް މަސައްކަތް ކުރުން ވެގެންދާނީ ހާދަހާވާ މަތިވެރި ކަމަކަށެެވެ.

ޙަޤީޤަތުގައިވެސް ސޯޝަލް މީޑިޔާއިން މި ޕޯސްޓު ފެނިފައި ފެންކަޅިވިއެވެ. ހިތަށް ކުރީ ވަރަށް ބޮޑު އަސަރެކެވެ. ހެޔޮ ނުވާނެއެވެ. ތިޔަހެން ނަހައްދަވާށެވެ. މަލާމަތް ނުކުރާށެވެ.

"ކޮންމެ ތަނަކަށް ދިޔައަސް އާގަމަވެފަ އަނގަހުޅުވިފަ ސޮނިވެއްޓިފަ ނޫނީ ވައްކަޅިން ވަގަކުބަލާހެން ބަލަބަލާ. ކޮންމެވެސް މީހަކު ހެޔޮނުވާނެ މިބޭފުޅާ ތަމްރީން ކޮށްދެއްވަ ބައްލަވާ! ދިވެހީންގެ އަގު ވައްޓާނުލާ!" މިއީ މިހާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރަށް އަމާޒުކޮށް، ސޯޝަލް މީޑިޔާގައި ކުރީ ސަރުކާރުގައި އިސް މަޤާމެއް ފުރުއްވި ބޭފުޅަކު ކުރައްވާފައިވާ ޓްވީޓެކެވެ.

ޤައުމުގެ ކަންކަމާ ޙަވާލުވެ މަސްޢޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެއްބާރުލުންދީ ޤައުމުގެ ކަންކަން ހަމަ މަގަށް އަޅުވައި ކުރިއަށް ގެންދިއުމުގައި ޤައުމުގެ ކޮންމެ ފަރުދަކުވެސް އަޒުމު އާކުރުމަކީ ޤައުމަށްޓަކައި ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮ ކަމެކެވެ. ފުރައްސާރަ ކުރުމާއި މަލާމާތްކޮށްގެން، މީހުންގެ އުނިސިފަތައް ހާމަކޮށް ހެދުމަކީ އިސްލާމީ ދިވެހި މުޖުތަމަޢުގެ އުސޫލުތަކާއި ހަމަތަކާއި ޚިލާފުކަމެކެވެ.

ޙަސަދަވެރިކަމަކީ، ހިތުގައި އަނދަ އަނދާ ހުންނަ އަލިފާނެކެވެ. އެ ނުބައި ސިފައިން ދުރުހެލިވަމާތޯއެވެ؟

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ