Wednesday, 22 May 2024

ބަންގްލަދޭޝްގެ ބޮޑުވަޒީރު އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސްގެ ތަހުނިޔާ!

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޝައިޚް ޙަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމަކީ ގާތް އަވަށްޓެރި ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގެ ޒަޢާމަތުގައި ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ޤައުމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *