Wednesday, 19 June 2024

ރައީސްގެ އަނބިކަނބަލުން ޗައިނާގެ ސާންފާންގ ޗީޝިއާންގއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫ ޖޮއުގެ ސާންފާންގ ޗީޝިއާންގއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ޒިޔާރަތުގައި ސާންފާންގ ޗީޝިއާންގ ގެ ފަރާތުން އެތަނާގުޅޭ މަޢުލޫމާތު އެކަމަނާއާ ޙިއްޞާކުރެއްވިއެވެ. އޭގެ އިތުރުން ސާންފާންގ ޗީޝިއާންގގައި ހިމެނޭ އެކިތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނާ ގުޅޭ މަޢުލޫމާތު އެކަމަނާ އޮޅުންފިލުއްވިއެވެ.

ސާންފާންގ ޗީޝިއާންގ އަކީ ތަންގ ޑައިނަސްޓީ ޒަމާނުގައި ޢުމްރާނީ ތަރައްޤީގައި ބޭނުންކޮށްފައިހުރި ތާރީޚީ ކަންކަން ދައްކުވައިދޭ، ޗައިނާގެ ފޫ ޖޮއުގައި ހިމެނޭ ސަގާފީ ސަރަހައްދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު