ބުއްދި ބޭނުންކުރާ މީހަކުކަމުގައި ވުމަށް، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކުގައި މާތް ﷲ މުސްލިމުން ސިފަ ކުރައްވާފައިވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުވެސް ވާންޖެހޭނީ، ބުއްދި ބޭނުން ކުރާ މީހަކު ކަމުގައި ވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކުގައި މާތް ﷲ މުސްލިމުން ސިފަ ކުރައްވާފައިވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުވެސް ވާންޖެހޭނީ، ބުއްދި ބޭނުން ކުރާ މީހަކު ކަމުގައެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.
ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކުގައި މާތް ﷲ މުސްލިމުން ސިފަ ކުރައްވާފައިވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުވެސް ވާންޖެހޭނީ، ބުއްދި ބޭނުން ކުރާ މީހަކު ކަމުގައެވެ.
— Maumoon Abdul Gayoom (@maumoonagayoom) January 9, 2024