Wednesday, 22 May 2024

ސަރުކާރެއް ގަދަބާރުން ބަޣާވާތަކުން ވައްޓާލުމާއި ދެކޮޅު: މަހުލޫފް

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރުމުގެ ވޯޓު ވެއްދުމަށް އެމްޑީޕީއަށް ކެރޭނެތޯ އަދި އެކަމަށް ތައްޔާރަށް އޮތްތޯ ސުވާލު އުފެއްދެވުމާއި ގުޅިގެން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު އާޒިމްގެ ވާހަކައަށް ރައްދުދެއްވާ މަހްލޫފް ވަނީ ރައީސްގެ މަޤާމަށް ޑރ. މުޢިއްޒު އިންތިޚާބުވެވަޑައިގަތީ އަލީ އާޒިމާއި އޭނާ ނިސްބަތްވާ ޕާޓީ 'ދަ ޑިމޮކްރެޓްސް’ގެ ފުރިހަމަ ތާއީދާއެކު ނޫންތޯ ސުވާލު އުފައްދަވާފައެވެ.

މަހުލޫފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އަދި 2 މަސް ނުވާކަމަށެވެ. އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން ނުވަތަ ބަޤާވާތަކުން ވައްޓާލުމާއި ދެކޮޅު ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި އެއީ ރާއްޖެ އަށް ރަނގަޅު ތަޖުރިބާއެއް ނޫން ކަންވެސް މަހުލޫފް ވަނީ ފާހަގަކުރައްވާފައެވެ.

އިންތިޚާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *