މޯލްޑިވިއަން އިން ޑީއެޗްސީ-8 މަރުކާގެ ބޯޓެއް ވިއްކާލަނީ

ރާއްޖޭގެ ގައުމީ އެެއާލައިން މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ޑީއެޗްސީ-8 މަރުކާގެ މަތިންދާ ބޯޓެއް ވިއްކާލަން ނިންމައިފިއެވެ.

އެކުންފުނިން މިއަދު ކުރި އިއުލާނެއްގައި ވަނީ ޑެހެވިލޭންޑް ޑީއެޗްސީ-8 މަރުކާގެ މަތިންދާބޯޓު އެމްއެސްއެން 546 ގަތުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަަށެވެ.

އެއްވެސް މައުލޫމާތެއް ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިއޭއެސްއަށް ލިޔުމުން ނުވަތަ ގުޅުއްވައި ތިރީގައިވާ އީމެއިލްއަށް ޖެނުއަރީ 26 ވަނަ ދުވަހުގެ 14:30 ގެ ކުރުން ހިއްސާކުރުމަށް އެދޭ ކަމަށް އިއުލާނުގައި ވެއެވެ.

މޯލްޑިވިއަންއިން މިއަދު ވަނީ ދިގު ދަތުރުތަކަށް ހާއްސަ ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *