Wednesday, 19 June 2024

މޯލްޑިވިއަންއަށް ބޮއިންގ 8-787 މަރުކާގެ ބޯޓެއް ހޯދަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަންއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ އެއަރލައިނަށް 6 އަހަރު ދުވަހުގެ މުއްދަތަކަށް ޑްރީމްލައިނަރއެއް ހޯދަން ބޭނުންވާކަމަށެވެ. މޯލްޑިވިއަނުން އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައިކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.

އެ އިޢުލާނުގައިވާ ގޮތުން، ކުރިއަށް އޮތް 6 މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އައު މަންޒިލްތަކަށް ދަތުރުފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ޤައުމީ އެއަރލައިނުން ވަނީ ވައިޑް-ބޮޑީ އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެއް 5 އަހަރަށް ކުއްޔަށް ހޯދުމަށް އިއުލާންކޮށްފައެވެ.

މިވަގުތު ޤައުމީ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ 2 ބޯޓާއި ޑޭޝް މަރުކާގެ ބޯޓުތައް ހިމެނެއެވެ.

ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓަކީ ޒަމާނީ ސިފަތަކެއް ހިމެނޭ އަދި ތެލުގެ ހަރަދު ކުޑަ މަތިންދާ ބޯޓެކެވެ. ޑްރީމްލައިނަރގެ ނަން ދީފައިވާ މި މަތިންދާ ބޯޓަކީ ދިގު ދަތުރުތަކަށް ގިނަ އެއަރލައިންތަކަކުން ބޭނުންކުރާ މަތިންދާބޯޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު