29 އެޕްރީލް 2025

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު ދޫކުރަނީ

ކިރުވާފައިވާ މަހަށް މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވި ގޮތުގައި ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު ދިނުމަށް ހަމަޖެހިފައިވެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޫކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު