15 ޖަނަވަރީ 2025

ކްރިއޭޓިވް އިންޑަސްޓްރީގެ ޒުވާނުންނަށް ބީސީސީއިން ފޯރަމެއް ބާއްވައިފި

ކްރިއޭޓިވް އިންޑަސްޓްރީގެ ޒުވާނުންނަށް ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީސީސީއިން ޔޫތު ފޯރަމްއެއް ބާއްވައިފިއެވެ. މި ފޯރަމް ބާއްވާފައިވަނީ ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.

ބީސީސީއިން މި ފޯރަމް ބާއްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ގުޅިގެންނެވެ. ބީސީސީއިން ވިދާޅުވީ، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެހެންކަމުން މި ފޯރަމަކީ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވި ފޯރަމެއްކަމަށެވެ.

މިއީ މި ދާއިރާއަށް އަމާޒުކޮށްގެން ބީސީސީއިން ބޭއްވި ފުރަތަމަ ފޯރަމެވެ. މި ފޯރަމުގައި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ 15 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ފިލްމު އުފައްދާ ފަރާތްތަކާއި، ގްރެފިކްސް ޑިޒައިނަރުންނާއި، މޮޑެލްކުރާ މީހުންނާއި، އަޓިސްޓުން ހިމެނެއެވެ. މި ފޯރަމްގެ ތެރެއިން އެމީހުންގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައެވެ.

ބީސީސީއިން މިހާރު މަސައްކަތްކުރަމުންދަނީ ކްރިއޭޓަރ ހަބެއް ތަރައްޤީކުރުމަށެވެ. މިއީވެސް ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީ ތަރައްޤީކުރުމަށް އަޅާ ހަބެއްކަމަށް އެ ކޯރޕަރޭޝަނުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު