ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް އިއްޔެވަނީ ބާއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައިވަނީ ބެއިޖިންގ ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ.
ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރެއްވިއެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގައި އެ ޤައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއާއި އުމްރާނީ ތަރައްޤީގައި ލިބިފައިވާ އެހީ ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން، ރަސްމީ ވާހަކަފުޅުގެ ތެރޭގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ނިމުނު ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ދެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ނޫ އިޤްތިޞާދާއި ފެހި އިޤްތިޞާދުގެ އިތުރުން ޑިޖިޓަލް އިޤްތިޞާދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިއެވެ.
މި ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. މިއީ ދެޤައުމުގެ ދޭދޭ ގުޅުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތައް ތިރީގައި އެވަނީއެވެ.
1. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް އިމަރޖެންސީ މެނޭޖްމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން.
2. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ޑީޕްނިންގ ބްލޫ އިކޮނޮމީ ކޯޕަރޭޝަން ބިޓްވީން ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް.
3. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ސްޓްރެންތްނިންގ އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ދަ ޑިޖިޓަލް އިކޮނޮމީ ބިޓްވީން ދަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ.
4. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ޕްރޮމޯޓިންގ އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ގްރީން ޑިވެލޮޕްމެންޓް ބިޓްވީން ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް.
5. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ޗައިނާ މީޑިއާ ގްރޫޕް (ސީ.އެމް.ޖީ.) އެންޑް ޕަބްލިކް ސަރވިސް މީޑިއާ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް (ޕީ.އެސް.އެމް.)
6. މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ޖޮއިންޓްލީ އެކްސެލެރޭޓިންގ ދަ ފޯމިއުލޭޝަން އޮފް ދަ ކޯޕަރޭޝަން ޕްލޭން އޮން ދަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ބިޓްވީން ދަ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
7. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ސްޓްރެންތްނިންގ ޑިޖިޓަލް އިކޮނޮމީ ކޯޕަރޭޝަން ބިޓްވީން ދަ ނޭޝަނަލް ޑޭޓާ އެޑްމިނިސްޓްރޭޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
8. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބިޓްވީން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
9. މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕޮލިސީ ބިޓްވީން ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
10. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ޓެކްނިކަލް ކޯޕަރޭޝަން އޮފް އެންޓްރީ އެންޑް އެގްޒިޓް އެނިމަލް އެންޑް ޕްލާންޓް ކަރަންޓީން ބިޓްވީން ދަ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
11. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތްނިންގ އެގްރިކަލްޗަރަލް ކޯޕަރޭޝަން
12. އެކްޝަން ޕްލޭން ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ފޮރ ބިލްޑިންގ އަ ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް (2028 – 2024)
13. ގްރާންޓް އެސިސްޓަންސް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
14. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް ބިޓްވީން ދަ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރީފޯމް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
15. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސޯޝަލް ހައުސިންގ ޕްރޮޖެކްޓް އޮން ފުށިދިއްގަރު ފަޅު، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިންގ ފެކްޓްރީޒް، އެންޑް ރީޑިވެލޮޕްމެންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް
16. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން މެރިން ކޯޕަރޭޝަން ޓުވަރޑް ބްލޫ ޕާޓްނަރޝިޕް
17. މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ޓޫރިޒަމް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ޓޫރިޒަމް ކޯޕަރޭޝަން
18. ލެޓަރ އޮފް އެކްސްޗޭންޖް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް
19. ލެޓަރ އޮފް އެކްސްޗޭންޖް އޮން ފީސިބިލިޓީ ސްޓަޑީ އޮން ލެބޯރެޓަރީ އިކްއިޕްމަންޓް ފޮރ ސެވެންޓީން ހެލްތު ފެސިލިޓީޒް ޕްރޮޖެކްޓް
20. މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ނިއުސް ކޯޕަރޭޝަން ބިޓްވީން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް.) އޮފް ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ޒިންހުއާ ނިއުސް އޭޖެންސީ އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް ނަންބަރު މާކެޓަށް ޗައިނާ ހެދުމުގެ ޚާއްޞަ މަސައްކަތްތަކެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި އެމްއެމްޕީޢާރުސީ ގުޅިގެން ކުރުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. ޗައިނާގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް ފޯރަމް"ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަމްބަރު މާރކެޓަށް ޗައިނާ މާކެޓު ހަދައިދެއްވުމަށް އެދިވަޑައިގެންފައެވެ.
"އިންޑަސްޓްރީގެ އެންމެން ބައިވެރިކޮށްގެން އަޅުގަނޑުމެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ޗައިނާއަށް ފޯކަސް ކޮށްގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ދެން ޑައިރެކްޓު ފްލައިޓުތަކާއި އިތުރު އެއަރލައިން ފެށޭނެ ގޮތާއި ގުޅޭގޮތުންވެސް އަޅުގަނޑުމެން މިދަނީ މިހާރު މަޝްވަރާކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޤަބޫލުކުރެވެނީ މިކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެކަމަށް. އަދި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޑެސްޓިނޭޝަނަށް ވެގެންދާނެކަމަށް." ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އިބްރާހީމް ވިދާޅުވިއެވެ.
ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެކަމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، ޗައިނާއަށް ޓާކެޓުކޮށް ކުރެވޭ މަސައްކަތުން ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވާނެކަމުގެ އުންމީދު ބޮޑުކަމަށެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފައިވާއިރު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ޤައުމުގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް ތިން އަހަރު ފަހުން އަލުން އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ ފެށީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ޗައިނާއިން 187،118 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 10 އިންސައްތައެވެ.
މިދަތުރުފުޅުގައި، ހުޅުމާލޭގެ އާބަން އައިލްގައި ތަރައްޤީކުރާ "ކޮމާޝަލް ސްޕައިން" މަޝްރޫޢު ޗައިނާގެ ހުނާން ކުންފުންޏާ ވަނީ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އެޗްޑީސީން ވިދާޅުވާ ގޮތުގައި، "ކޮމާޝަލް ސްޕައިން" މަޝްރޫޢުގައި ހިމެނެނީ ގުޅިފައިވާ ހަތް އިމާރާތެވެ. އެއީ 6 ކޮމާޝަލް އިމާރާތާއި ސަޕޯޓިން އިމާރާތެކެވެ. އެތަންތަނުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް ޚިދުމަތްތަކާއި އެންޓަޓެއިންމެންޓް ޚިދުމަތްތަކާއި ބޭންކިން ޚިދުމަތްތައް ތަރައްޤީކުރެވޭނެއެވެ. މިމަޝްރޫއަށް 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. ހުނާން ކުންފުންޏާ މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ކޮމާޝަލް ސްޕައިން މަޝްރޫޢު ތަރައްޤީކުރަނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މިމަޝްރޫޢުގެ ދަށުން އިމާރާތްތައް ހަދަނީ 3-4 ފަންގިފިލާއަށެވެ. ގުޅުވާލައިގެން ހަދާ މި 7 އިމާރާތް ވާނީ ރާއްޖޭގައި އާކިޓެކްޗަރއިން އެންމެ ފާހަގަކޮށްލެވޭ އިމާރާތެކެވެ. މިމަޝްރޫއަށް "ސްޕައިން"ގެ ނަން ދީފައިވަނީ އެއިމާރާތްތައް ގުޅާލާފައިވާތީއެވެ.
އެޗްޑީސީން ވިދާޅުވީ، މިމަޝްރޫޢު ނިމުމުން މިސަރަހައްދު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝަލް ޒޯނަށްކަމަށެވެ. މަޝްރޫޢުގެ ތަރައްޤީވެގެން އަންނައިރު ހުޅުމާލޭގައި ގެސްޓްހައުސް ޓޫރިޒަމް ފުޅާވާނެއެވެ. އަދި އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އެ އިމާރާތްތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ވިދާޅުވާ ގޮތުގައި، "އާބަން އައިލް" ތަރައްޤީކުރަނީ އިންޓަރގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައެވެ. އެގޮތުން ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ޚިދުމަތްތައް މިތަނުގައި ތަރައްޤީކުރެވޭނެއެވެ. މިއާއެކު ވަޒީފާގެ ގިނަ ފުރުޞަތުތައް އުފެދިގެން އަންނާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ޤައުމަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މިދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. އަދި މިއީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކޮށް، ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެން ދާނެ ދަތުރުފުޅެއް ކަމުގައި ބެލެވެއެވެ.