Saturday, 15 June 2024

ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު އަޅަން ޗައިނާއާއެކު ސޮއިކޮށްފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ، ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާއިއެކު ސޮއިކޮށްފިއެވެ.

ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް ޑރ. މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ރަސްމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

ރަސްމާލޭ މަޝްރޫޢު ހިންގުމަށް ޗައިނާއިން ދޭނެ އެހީއާއި، މަޝްރޫއު ކުރިއަށް ގެންދަވާނެ ގޮތް މަޝްވަރާ ކުރައްވާނެކަމަށާއި، އެ މައުލޫމާތު އެއަށްފަހު ހިއްސާ ކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރަސްމާލެ މަޝްރޫޢުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްސަކުރެއްވިގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65000 ގެދޮރު ޔަޤީންވާނެގޮތަށް ރަސްމާލޭ މަޝްރޫޢު ކުރިއަށްގެންދިޔުމަށެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެއީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ. މިމަޝްރޫޢުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު