18 ޖަނަވަރީ 2025

އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފި

އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓް އާއެވެ.
މި އެއްބަސްވުމުގައި  މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ. ނޫރައްދީން އިންވެސްޓްމަންޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އަލީ ނޫރައްދީންއެވެ.
އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް ނޫރައްދީން އިންވެސްޓްމަންޓް އާއި ހަވާލުކުރީ 1،450،000.00 (އެއް މިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އަށެވެ.
މި މަސައްކަތް ނޫރައްދީން އިންވެސްޓްމަންޓް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު