Saturday, 15 June 2024

އެމްޑީޕީއަށް ކުރަން އެނގޭނެ؛ ސަރުކާރު ޖަވާބުދާރީ ކުރުވާނަން: ރައީސް ޞާލިޙް

އެމްޑީޕީއަށް އިދިކޮޅު ޕާޓިއެއްގެ ދައުރު އަދާކުރަން އެނގޭނެ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން މިސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެމްޑީޕީން ކުރާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މާލޭގައި އެމްޑީޕީން ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތެއްގައި ވާހަކަދައްކަވަމުން، ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، އެމްޑީޕީ މިހާރު އޮތީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން އިދިކޮޅު ޕާޓީއެއްގެ ޒިންމާ އެމްޑީޕީން އަދާކުރާނެކަމަށެވެ.

މިހާރުގެ ސަރުކާރުން ކުރާ ކަންކަން ބަލައި ޤާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެމްޑީޕީން ކުރާނެކަމަށާއި މިއީ ކުރިންވެސް އެމްޑީޕީން ކޮށްފައިވާ މަސައްކަތެއްކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފާހގަކުރެއްވިއެވެ.

Image

"އެމްޑީޕީއާއި އެކަން (ސަރުކާރު ޖަވާބުދާރީ ކުރުވުން) ކުރަން އިނގޭ ބައެއް. ކޮށްފައި ހުރި ބައެއް. ކުރިއަށްއޮތް ތަނުގައިވެސް އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން." ރައީސް ޞާލިހް ވިދާޅުވިއެވެ.

މާލެއަށް މިހާރުން މިހާރަށް ހައްލު ގެންނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި، މާލެއަށް މީހުން ޖަމާވުން ހުއްޓުވުމަށް ރަށްރަށުގައި ޚިދުމަތްތައް ޤާއިމްކުރަންޖެހޭކަން ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު