11 ފެބުރުވަރީ 2026

ކުރީގެ ރައީސަށް، އައު ރައީސް އަލަށް ކުރެއްވި ކަމެއް ފެނިވަޑައެއް ނުގަތް

އަދި މިހާތަނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އައު ކަމެއް ނުކުރެވޭ ކަމަށާއި، މި ސަރުކާރުން މިހާތަނަށް އިޢުލާންކުރި ހުރިހާ ކަމަކީ ވެސް އެމްޑީޕީގެ ސަރުކާރުން ފެށި ކަންކަން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް ޢާޒިމްގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވީ ވައުދުތައް އޮތީ ނުފުއްދިފައި ކަމަށާއި، މި ސަރުކާރުން މިހާތަނަށް އަލަށް ކުރި ކަމަކީ ފުށިދިއްގަރު ފަޅު ހިއްކުން އެކަނި ކަމަށެވެ.

އޭގެ އިތުރަށް، މި ސަރުކާރުން ކުރަން އިޢުލާންކުރި ހުރިހާވެސް ކަމަކީ ރައީސް ޞާލިޙުގެ ވެރިކަމުގައި ފަށަން ތައްޔާރުވެފައިވާ މަސައްކަތްތައް ކަމަށެވެ. އެގޮތުން ބޯން މެރޯ ހެދުމާއި ޑްރޯނުގައި ބޭސް އުފުލުމަކީ ވެސް މިދިޔަ ސަރުކާރުގައި ފެށި ކަމެއްކަން ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެ ހުރިހާ ކަމަކާ ވިސްނުމަށްފަހު، ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި މާލޭގެ ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމަށް ވޯޓު ދެއްވުމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނު ނިންމާލުމުގެ ޖަލްސާގެ ފަހުން ރައީސް ޞާލިޙް، އެމްޑީޕީގެ ޕޯޑިއަމަކުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު