Saturday, 15 June 2024

ރައީސުލްޖުމްހޫރިއްޔާ، ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ހުންނަ ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމުން އެތަނުގެ ފަރާތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ. އަދި އެތަނުގެ މަސައްކަތް ޚާއްޞަވެފައިވާ ދާއިރާތަކާއި އެތަނުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ބައެއް އިޖާދީ ކަންކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ތަފުޞީލީ ގޮތެއްގައި މަޢުލޫމާތު ދެއްވައި، ކުރިމަގުގައި ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެތަނުގެ އިސްވެރިން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު