Thursday, 20 June 2024

ވިއްސާރައިގައި ލިބުނު ގެއްލުންތަކާއި، ރައްޔިތުންގެ ޙާލު ނައިބު ރައީސް ބައްލަވާލައްވައިފި

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، ރައްޔިތުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ބައްލަވާލައްވައިފިއެވެ.

މޫސުން ގޮޮސްވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ބައެއް ގެތަކަށް ޒިޔާރަތްކުރައްވާފައެވެ.

ހަމައެހެންމެ، ދަޢުލަތުގެ އެހެނިހެން އިސްވެރިންވެސް ވަނީ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވާލައްވާފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބިގެން މާލެއިން 144 ގެއަކުން އެހީތެރިކަމަށާއި، މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މަޢުލޫމާތުދެއްވައެވެ. އަދި 91 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން 8 ގެއެއްގެ 57 މީހުނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިންވެސް ވަނީ ހަމަޖައްސާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު