އިއްޔެ ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެސްފިއެވެ.
ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކި ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފައެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވާ ގޮތުގައި ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިންދައި އާއްމު ހާލަތަކަށް ގެނެވިފައިވަނީ ފަތިހު 5:00 ހާއިރުއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ގޭގެއަށް ފެންވަންނަތީ 176 ގެއެއްގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ރޭ ދަންވަރު 2:35 އާ ހަމަމައަށް ޕަމްޕް ބޭނުންކޮށްގެން 27،449 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
# އަދާހަމަ: މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެންހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ސަރަހައްދުތައް އާންމު ހާލަތަކަށްވަނީ ގެނެވިފައި. pic.twitter.com/eQRkA7ekvf
— Maldives National Defence Force (@MNDF_Official) January 13, 2024
މާލޭގެ 8 ސަރަހައްދެއްގައި އެމްއެންޑީއެފުން ވަނީ 23 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.