Thursday, 25 July 2024

މިއަދު ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަކުރާނެ

މިއަދު ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެއެވެ. އެ އިދާރާއިން ލަފާކޮށްފައި ވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

އެ އިދާރާއިން ވިދާޅުވީ، އުތުރުގެ ރަށްތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެ މާލޭގައި ފެންބޮޑުވެފައިވާއިރު, ގިނަ ގޭގެއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

މާލެއަށް ވިއްސާރަވެ، މާފަންނުގެ ބޮޑު ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ. އަދި މާލޭގެ އެހެން ބައެއް ސަރަހައްދުތަކާއި ބޮޑެތި މަގުތަކުގައި ވެސް ފެން ބޮޑުވިއެވެ. މޫސުން ގޯސްވެ، އިއްޔެ ވެހުނު ވާރޭގައި ގެއްލުންވެގެން ރިޕޯޓުކުރި ބައެއް ރަށްރަށުގެ ތެރޭގައި، މާލޭގެ އިތުރުން ތ. ގުރައިދޫ, ދިޔަމިގިލި, ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު