މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވޯޓުލުމަށް ނުކުންނަ މީހުންގެ އަދަދުތައް މަދުކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢިލް ހަބީބު ވިދާޅުވެއްޖެއެވެ.
މިހާތަނަށް ބަލާއިރު ވޯޓުލުމަށް ނުކުމެފައިވާ މީހުން އަދަދުތައް ދަށްކަމަށާއި މިހާތަނަށް ނުކުމެފައިވަނީ 3 އިންސައްތަ މީހުންކަމަށާއި، އެހެންކަމުން ވީހާވެސް ގިނަ ވޯޓުލިބުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުން ނުކުމެ ވޯޓުލެއްވުމަށް އޭނާ އެދިވަޑައިގަންނަވާކަމަށެވެ.
މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށައެޅިފައިނުވާކަމަށާއި މާދަމާގެ ހެނދުނުގެ ވަގުތުތަކާއި ޖެހެންދެން ކެމްޕެއިންކުރުން މަނާކަމަށްވުމުން އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގެވުމަށްވެސް އެދިވަޑައިގަންނަވާކަމަށާއި، މިއަދު އިރުއޮއްސޭ ވަގުތާއި ގާތުން ލަސްތަކެއް ނުވެ ނަތީޖާ ހިއްސާކުރެއްވޭނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.