3 ނޮވެންބަރު 2024

މޭޔަރުކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓު ލައްވައިފި

މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓު ލައްވައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބައި އިލެކްޝަނުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މި ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.

މޭޔަރުކަމަށް ވާދަކުރައްވާ 5 ކެންޑިޑޭޓުންގެ ތެރެއިން އާދަމް އާޒިމްއާއި އައިޝަތު އާޒިމާ ޝަކޫރު ވޯޓުލައްވާފައިވަނީ ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. ހުސައިން ވަހީދު، ކަލާފާނު ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަން ވޯޓު ލައްވާފައިވާއިރު، ޝުއައިބު އަލީ ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށެވެ.  ސައިފް ފާތިހު ވޯޓުލައްވާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަކަށެވެ.

މާލެ ސިޓީ މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބާއްވަނީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:

  • ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
  • ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
  • ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
  • ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
  • ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް

މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު އަދި ހެންވޭރު ދެކުނު ދާއިރާއަށް މެންބަރުން ހޮވުމަށް ބައި އިލެކްޝަންގެ ވޯޓުލުން ވެސް ދަނީ ކުރިއަށެވެ.
މާލެ ސިޓީ ކައުންސިލްގެ މި ބައި އިލެކްޝަނުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު