މާލޭ ސިޓީ: އެމްޑީޕީއަށް ދެ ގޮނޑި، ޕީއެންސީއަށް ދެ ގޮނޑި

މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީން ދެ ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ވެސް ދެ ގޮނޑި ކާމިޔާބު ކޮށްފިއެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވާށާއި މާލޭ ކައުންސިލުންގެ ތިން ގޮނޑިއަަކަށް މެންބަރުން ހޮވުމުގެ އިންތިހާބުގައި ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މާލޭ މޭޔަރުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.

އާޒިމާ ގާތުން ވާދަކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރެވެ.

ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. އެ ދާއިރާ އިން ކައުންސިލަށް އިންތިހާބުވީ އަހްމަދު ރިޝްވާންއެވެ.

ބައި-އިލެކްޝަންގައި، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ހަސަން ނިޒާމެވެ. އޭނާ އަކީ ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓެކެވެ.

މިއަދުގެ ނަތީޖާއާއެކު ކައުންސިލްގެ މެޖޯރިޓީ އޮންނާނީ ސަރުކާރަށެވެ. އެމްޑީޕީގެ ތިން މެންބަރުން ހިމެނޭއިރު ދަ ޑިމޮކްރެޓްސްގެ ދެ މެންބަރު އަދި ޕީއެންއެފްގެ ދެ ކައުންސިލަރަކު ހިމެނެއެވެ. ދެން ތިއްބެވީ ޕީޕީއެމް / ޕީއެންސީގެ ކައުންސިލަރުންނެވެ. ސަރުކާރު ހިންގާ ދެ ޕާޓީއަށް ނިސްބަތްވާ 13 ކައުންސިލަރުން ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު