އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

މައްކާގައި ރޭ މެންދަމު ނިޔާވީ ހ. ފޮއްދޫގެ، ނަޝީދާ ހުސައިން (67 އ) އެވެ.

ނަޝީދާ ނިޔާވީ އުމްރާއަށް ދިޔަ ފަހުން ރޯގާ ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަތާ ހައެއްކަ ދުވަސް ފަހުންނެވެ.

އެނގިފައިވާ ގޮތުގައި ނަޝީދާ ނިޔާވީ ނިއުމޯނިއާ ޖެހި ހާލު ދެރަވަމުން ގޮސް މައްކާ ގަޑިން ރޭ މެންދަމު 12:30 ހާއިރު މައްކާގައެެވެ.

ނަޝީދާގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު މައްކާގެ ހަރަމްފުޅު، އަލްމަސްޖިދުލް ހަރާމްގައެވެ. ނަޝީދާ ނިޔާވީ އާއިލާ މީހަކާ އެކު އަލްމަނާސިކް ގުރޫޕާއެކު އުމްރާއަށް ގޮސް އުޅެނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު