29 އެޕްރީލް 2025

ހީކުރި ވަރަށްވުރެ ރައީސް ޑރ. މުއިއްޒު ކުޅަދާނަ: ޝަރީފް

ހީކުރި ވަރަށްވުރެ ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒު ކުޅަދާނަކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހު ޕީއެންސީއާ ގުޅިވަޑައިގެން ޝަރީފް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ނިންމެވުންތައް ނިންމާލެއް ހަލުވިވެފައި އަވަސްކަމަށެވެ.

ރާއްޖެއަށް ދިމާވެފައި ހުރި ގޮންޖެހުންތައް ގިނަކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ މިފަދަ އުނދަގޫ ދަތި ދަނޑިވަޅުތަކުގައި ބޭނުންވަނީ ވިސްނުންތެރިކަމާއި، ހުރުމަތްތެރިކަމާއިއެކު ހަލުވި ސްޕީޑުގައި ކަންކަން ކުރާނެ ލީޑަރެއްކަމަށެވެ.

އެމްޑީޕީއާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދިފާއުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޝަރީފެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޞަލިހު ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދުމަށް ފަހު އައި ކޯޅުންތަކުގެ ތެރޭގައި ޝަރީފަކީ އެންމެ ފާޅުކަން ބޮޑު ގޮތަކަށް މިހާރުގެ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ދެކޮޅަށް މަސައްކަތް ކުރެއްވި މެމްބަރެވެ.

ޕީއެންސީއާއި ގުޅިވަޑައިގެން ދެއްކެވި ވާހަކައިގައި ޝަރީފް ވިދާޅުވީ އެމްޑީޕީއިން ވަކިވީ ޤައުމީ މަސްލަހަތު އިސްކުރުމަށް ބޭނުންވާތީކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު