Saturday, 25 May 2024

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްގީކޮށް ހިންގުމުގެ ފުރުސަަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުން ދޭންޖެހޭ ހިދުމަތްތަކުގެ ތެރޭގައި

  • އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތް ފޯރުކޮށްދިނުން
  • ސައިކޭޓްރިކް އިވެލުއޭޝަން ހެދުން
  • ކައުންސެލިން ހިދުމަތް ދިނުން
  • ޑްރަގް ޓެސްޓްކުރުން
  • ސައިކޯ ސޯޝަލް ތެރަޕީ ހިދުމަތް ދިނުން
  • ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން

އެންޑީއޭ އިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ހުށަހަޅަން ހުޅުވާލާފައެވެ. މައުލޫމާތު ސެޝަން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ބާއްވަން ނިންމާފައި ވާއިރު، ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހެވެ.

ހޯމް ލޭންޑް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ފަރުވާ ދިނުމަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި އެބަ ތިއްބެވެ. ނަމަވެސް ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ މީހުންނަށް ފަރުވާދީ ނިންމާލެވޭނެ ކަމަށް އެންޑީއޭ އިން ވިދާޅުވެއެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބުނާ ގޮތުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިހްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ލިބިގެންވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *