Wednesday, 19 June 2024

"ދިވެހި ރައްޔިތުން އިންތިހާބުކުރި ރައީސެއް، ބޭރު ބަޔަކަށް ހަވަރަށް ނުދެވޭނެ"

ދިވެހި ރައްޔިތުން އިންތިހާބުކުރި ރައީސެއް، ބޭރު ބަޔަކަށް ހަވަރަށް ނުދެވޭނެ ކަމަށް ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަދި ޑިމޮކްރެޓްސްގެ ޙަރަކާތްތެރި މެންބަރެއް ކަމަށްވާ ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ. ޝައްމޫން ޖަލީލް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ލޫކަސް ވިދާޅުވީ، ދިވެހި ރައްޔިތުން އިންތިހާބުކުރި ރައީސެއް، ބޭރު ބަޔަކަށް ހަވަރަށް ނުދެވޭނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވިއިރު، ދިވެހި ސަރުކާރު ބަދަލު ކުރަން އިންޑިއާއިން ސިފައިން ފޮނުވަން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ވަނީ ގޮވާލައިފައެވެ.

"ރާއްޖެއިން އިންޑިއާގެ މޫނު މައްޗަށް އުކި ކިސަޑު ސާފު ކުރާނީބާ؟. ނޫނީ ރާޖީވް ގާންދީ ހެދި ގޮތަށް ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި، އިންޑިއާ ކަނޑުގެ ސިފައިންނާއި، އިންޑިއާގެ އެއްގަމު ސިފައިން ފޮނުވައިގެން މުއިއްޒުގެ ސަރުކާރު ބަދަލު ކުރާނީތޯ؟". އޭނާ ބުނެފައިވެއެވެ.

ބީޖޭޕީގެ ސުބްރަމާނިއަން ސްވާމީއަކީ މީގެ ކުރިންވެސް މިފަދަ ޓްވީޓެއް ކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވާ ރާއްޖެ ހިފަންޖެހޭ ކަަމަށް ބުނެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުވެވަޑައިގެން ފަހުން އޭނާ ގެންދަވަނީ ސޯޝަލް މީޑިޔާގައި ރައީސް މުޢިއްޒުގެ ދިފާޢުގައި ވާހަކަ ދައްކަވަމުންނެވެ. ލޫކަސް ޖަލީލަކީ މީގެ ކުރިން އެމްޑީޕީގެ އިސް އެކްޓިވެސްޓެއްގެ ގޮތުގައި އުޅުނު ޒުވާނެކެވެ. އޭނާ ޝައްމޫން ޖަލީލް (ލޫކަސް) ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީ ސަރުކާރުން އިސްތިއުފާ ދެއްވައި ދަ ޑިމޮކްރެޓްސްއާ ގުޅިފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު