Saturday, 15 June 2024

އެމްޑީޕީގެ މަޖިލިސް ޓިކެޓް ޕްރައިމަރީއަކާ ނުލާ އިތުރު ބޭފުޅުންނަށް

މިއަހަރު ބާއްވާ 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ 10 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރިއަކާ ނުލާ އިތުރު 10 ކެންޑިޑޭޓުންނަށް ކަށަވަރުވެއްޖެއެވެ. އޭގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ތިން އެމްޑީޕީ މެންބަރުން ހިމެނެއެވެ.

އެމްޑީޕީން މީގެ ކުރިން ވަނީ 35 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދީފައިވާއިރު، މިއަދު އިއުލާންކުރި 10 ދާއިރާއާ އެކު ޖުމްލަ 45 ދާއިރާގެ ޓިކެޓް ވަނީ ޕްރައިމަރީއަކާ ނުލާ ކަށަވަރުވެފައެވެ.

މިއަދު އިއުލާން ކުރި 10 ދާއިރާގެ ތެރެއިން މިހާރު ވެސް މަޖިލިސް މެންބަރުކަން ފުރުއްވަމުންދާ އެމްޑީޕީ ދެ މަޖިލިސް މެންބަރަކަށް ވަނީ ޓިކެޓް ޔަގީންވެފައެވެ. އެއީ:

  • ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު 
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު

އެ ދެ ބޭފުޅުންނަށް ޓިކެޓް ދީފައި ވަނީ މިހާރު ވެސް ތަމްސީލް ކުރައްވާ ދާއިރާތަކަށް ވާދަކުރެއްވުމަށެވެ.

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި މިހާރު ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒަށް ޓިކެޓް ދީފައި ވަނީ ކުރެންދޫ ދާއިރާއަށް ވާދަކުރައްވާށެވެ.

ހަމައެހެންމެ، އެމްޑީޕީ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދު (މައިފޫނާ) އަށް ގައްދޫ ދާއިރާގެ ޓިކެޓް ވަނީ ކަށަވަރުވެފައެވެ.

ދެން މިއަދު އިއުލާން ކުރި ބޭފުޅުންނަކީ:

  • ކަނޑިތީމު ދާއިރާ: އަމީން ފައިސަލް ، ދޫރެސް/ށ. ކަނޑިތީމު
  • އިނގުރައިދޫ ދާއިރާ: ސަލީމް ހުސައިން، ނިޔަމަ/ ރ. ކިނޮޅޮސް
  • ހުރާ ދާއިރާ: ޝާތިރު އަބްދުއްރަހްމާން، ބޯގަންވިލާ/ ދ. ކުޑަހުވަދޫ
  • ދަނގެތި ދާއިރާ: ރުގިއްޔާ މުހައްމަދު، ދޭލިޔާގެ/ ޅ. ހިންނަވަރު
  • މުލަކު ދާއިރާ: މޫސާ ޝީޔާމް އަބްދުއްރަހްމާން، މ. ތްރީއޭވިލާ
  • ގަމު ދާއިރާ: އަބްދުﷲ ޝަރީފް، މުކުރިމަގު. ސޯސަންވިލާ/ ލ. ގަން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު