އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވެއެވެ. އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H1N1, H3N2 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އިންފްލުއެންޒާ އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުމެވެ. ޚާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދެއެވެ.
އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެއް، އަދި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވޭ. އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H1N1, H3N2 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެނޭ.
އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ…— Health Protection Agency (@HPA_MV) January 15, 2024
އިންފުލުއެންޒާ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުން މުހިއްމެވެ. އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ކަރުގައި ރިއްސުމާއި ކެއްސުމާއި ނޭފަތުން ފެންއައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ހުން އައުމާއި ބޭރަށް ހިންގުން ހިމެނެއެވެ. ހުން އައިސް، ރޯގާޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
ހުންއައިސް ރޯގާޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެ. pic.twitter.com/ZP4PZu9KaY
— Health Protection Agency (@HPA_MV) January 15, 2024
އެޗްޕީއޭއިން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ މިދުވަސްވަރަކީ ސަރަހައްދީ ޤައުމުތަކުގައިވެސް އިންފްލުއެންޒާ އަދި ކޯވިޑް-19އާއި އަރިދަފުސް ރޯގާތައް އިތުރު ދުވަސްވަރެއްކަމަށެވެ. އަދި ސްކޫލް ބަންދާއި ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައިވެސް ފެތުރޭ މިންވަރު އިތުރުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ފާއިތުވި ދެމަހުގެ ތަފާސް ހިސާބަށް ބަލާއިރު އިންފުލުއެންޒާއަށް 24 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ނޮވެމްބަރު މަހު H3N2 އަށް ޕޮޒިޓިވްވެފައިވާ 9 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 10 މީހުން ހިމެނެއެވެ. އަދި އެމަހު އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވެފައިވަނީ 5 މީހުންނެވެ.
މިދިޔަ ޑިިސެމްބަރު މަހު H3N2 އަށް ޕޮޒިޓިވްވެފައިވާ 7 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 14 މީހުން ހިމެނޭކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޑިސެމްބަރު މަހު ވަނީ އިންފްލުއެންޒާ ބީ އަށް 3 މީހަކު ޕޮޒިޓިވްވެފައެވެ. މިދުވަސްވަރު އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުުރވެފައިވާއިރު H1N1 ޖެހިގެން މިހާތަނަށް އެކަކު ވަނީ ނިޔާވެފައެވެ. އަދި 3މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.
އިންފްލުއެންޒާ އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުމެވެ. ޚާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދެއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ. ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި… pic.twitter.com/AMHDO9iFRi
— Health Protection Agency (@HPA_MV) January 15, 2024