Saturday, 15 June 2024

އެސްޓީއޯއިން ކޮންމެ އަހަރަކު ބާއްވާ ރަމަޟާން ބާޒާރު ފަށައިފި

މިއަހަރުވެސް ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިރޭ ފަށައިފިއެވެ.

އެސްޓީއޯއިން ވިދާޅުވާ ގޮތުގައި، މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އެސްޓީއޯއިން މި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ 15 ޖެނުއަރީ އިން ފެށިގެން 11 އެޕްރީލްއަށެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯގެ ހުރިހާ އައުޓްލެޓް ތަކެއް އެއްކޮށް ތިން ބަޔަކަށް ބަހައިލައިގެން ވަރަށް އަގުހުރި އިނާމުތަކެއް ލިބޭނެއެވެ. އެސްޓީއޯއިން ވިޔަފަރި ކުރާ ކޮންމެ 25 ޕަސެންޓަކާ ހަމަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ. ރޯދަމަހުގެ ކުރިން ތިންނަސީބުވެރި ފަރާތެއް ހޮވާނެއެވެ. އެއްވަނައަށް ދާފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބިގެން ދާއިރު، ދެވަނަ ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް، އަދި ތިންވަން ފަރާތަކަށް ތިންރޫމް އެޕަޓްމެންޓުގައި ނިޕޯޕެއިންޓުގެ ކުލަ ލައިދޭނެއެވެ.

ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއްހޮވާ 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބިގެން ދާނެ އެވެ. މުޅި ޕްރޮމޯޝަން ނިމު މުން ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެއެވެ. އެއްވަނަ އިނާމަށް ޓާކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބިގެން ދާއިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް ލިބޭނެއެވެ. އަދި ތިންވަނަ ފަރާތަކަށް 65″ ފިލިޕްސް ޓީވީ އެއްެލިބިގެން ދާނެއެވެ. ގުރުއަތުން ދިމާވާ ފަރްތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެން ދޭނެއެވެ.

އެސްޓީއޯއިން ވިދާޅުވާ ގޮތުގައި، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝްން ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުންތައް ކުރިޔަށް ދާނެއެވެ .އަދި ޕްރޮޑަކްޓް ދައްކާލުން ކުރިޔަށް ދާގަޑީގައި ކަސްޓަމަރުން އަމިއްލަފުޅަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތުލިބިގެން ދާއިރު އެޕްރޮޑަކްޓުން ހާއްސް ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ކޮންމެ ހަފުތާއަކު ހުކުރު ،ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުންވެސް ޑިސްކައުންޓު ލިބިގެން ދާނެއެވެ. އީ ސްޓޯރުން މެދުވެރި ކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެއެވެ ފުރިޖު އަދި ދޮންނަ މެޝިންފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެއެވެ.

އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު