ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ޒުހުދުލް ޙައްޤު

ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ޒުހުދުލް ޙައްޤު، ހަމަޖައްސަވައިފިއެވެ.

ޒުހުދު އެ މަޤާމަށް ޢައްޔަންކުރުމަާ ހަމައަށް ހުންނެވީ ޢިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަޤާމު ހުސްވިއެވެ.

އޭނާ 2008 ވަނަ އަހަރު ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގަންނަވައި، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދަރުމަވަންތަ ސްކޫލުގެ ހިސާބު ޓީޗަރަކަށެވެ. އިމާދުއްދީން ސްކޫލުގެ ލީޑންގ ޓީޗަރެއްގެ ގޮތުގައި 20211ވަނަ އަހަރުން 2021 ވަނަ އަހަރަށް މަސައްކަތް ކުރެއްވިއެވެ. އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވީ 2021 ވަނަ އަހަރުން ފެށިގެންނެވެ.

ޒުހުދުލް ޙައްޤު ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބެޗްލާސް އިން ފިޒިކްސް އެންޑް މެތްސް އަދި މާސްޓާސް އިން ލީޑާޝިޕް އެންޑް މެނޭޖްމެންޓް ދާއިރާއިން ތައުލީމު ހާސިލް ކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު