ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސްޓެލްކޯއާއި އެމްއައިޓީޑީސީ މަޝްވަރާކޮށްފި

ރައްޔިތުންނަށް ފޯރުވައިދޭ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މޯލްޑިވްސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ސްޓެލްކޯ އާއި މޯލްޑިވްސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިން ބައިވެެރިވެވަޑައިގެންނެވިއެވެ.

މިކަން ހާމަކުރައްވައި ސްޓެލްކޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ފޯރުވައިދޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، އެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުރިހަމަ ކުރުމުގައި ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކުރެއްވުމަށް އެ ކުންފުނީގެ އިސްވެރިން އެމްއައިޓީޑީސީގެ އިސް ވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ރައީސް ޑރ. މުއިއްޒު، ހުސެއިން ފަހުމީ އައްޔަންކުރެއްވި ފަހުން ސްޓެލްކޯގެ ފަރާތުން މުހިއްމު މަސައްކަތްތަކެއް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު