Saturday, 22 June 2024

ފިލައިގެން އުޅޭ ދެ ބިދޭސީއަކު ހޯދަން އިޢުލާންކޮށްފި

ފިލައިގެން އުޅޭ ދެ ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގުރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.

ފިލައިގެން އުޅޭ ދެ ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގުރޭޝަނުން މިއަދު އިއުލާނުކުރީ ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ އެމްޑީ ފައިސަލް (30 އ) އާއި ރާޖަން ހޮސައިން (30 އ) އެވެ.

މި ދެ މީހުން ފޮޓޯ އާންމުކޮށް އިމިގުރޭޝަނުން ވަނީ އެ ދެމީހުންނާބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 9199017 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް އެދިފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވަރަށް ގިނައެވެ. އެގޮތުން އެފަދަ މީހުން ހޯދުމަށް މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީއިން މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު