ރިޔާސީ އިންތިޚާބަށްފަހު ބޭއްވި 26 ބައި އިލެކްޝަންގެ ތެރެއިން 21 އިލެކްޝަން، ސަރުކާރު ހިންގާ ކޯލިޝަނަށް!

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ބޭއްވި 26 ބައި އިލެކްޝަންގެ ތެރެއިން 21 ބައި އިލެކްޝަން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކާމިޔާބު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ބައި އިލެކްޝަންތަކުގެ ތަފުސީލަށް ބަލާއިރު، ޕީޕީއެމް ޕީއެންސީއިން ވަނީ މާލެ ސިޓީ ކައުންސިލުގެ މެންބަރު (މާފަންނު ދެކުނު) ގެ ގޮނޑިއާއި، މާލެ ސިޓީ ކައުންސިލުގެ މެންބަރު (ހެންވޭރު ދެކުނު) ގޮނޑިއާއި، ތ.ގުރައިދޫ ކައުންސިލުގެ ރައީސް އަދި ކ.އަތޮޅު ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުުރުން ތިރީގައިވާ ގޮނޑިތައްވެސް ވަނީ ޕީޕީއެމް ޕީއެންސީއިން ކާމިޔާބު ކޮށްފައެވެ.

  1. ހއ.ކެލާ ކައުންސިލް މެންބަރު
  2. ނ.މާފަރު ކައުންސިލް މެންބަރު
  3. ށ.މަރޮށި ކައުންސިލު މެންބަރު
  4. ގދ.ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު
  5. ވ.ރަކީދޫ ކައުންސިލު މެންބަރު
  6. ނ.މާފަރު އަންހެނުންގެ ކޮމިޓީ
  7. ހދ.މަކުނުދޫ އަންހެނުންގެ ކޮމިޓީ
  8. ހދ.ނޭކުރެންދޫ އަންހެނުންގެ ކޮމިޓީ
  9. ށ.ކަނޑިތީމު އަންހެނުންގެ ކޮމިޓީ
  10. ނ.މަނަދޫ އަންހެނުންގެ ކޮމިޓީ
  11. ނ.މާޅެންދޫ އަންހެނުންގެ ކޮމިޓީ
  12. ރ.މަޑުއްވަރީ އަންހެނުންގެ ކޮމިޓީ
  13. ބ.ފުޅަދޫ އަންހެނުންގެ ކޮމިޓީ
  14. ބ.ދަރަވަންދޫ އަންހެނުންގެ ކޮމިޓީ
  15. ބ.ފެހެންދޫ އަންހެނުންގެ ކޮމިޓީ
  16. ކ.ގާފަރު އަންހެނުންގެ ކޮމިޓީ
  17. އދ.މަންދޫ އަންހެނުންގެ ކޮމިޓީ
  18. އއ.ތޮއްޑޫ އަންހެނުންގެ ކޮމިޓީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލޭ މޭޔަރު އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް އެ ކޯލިޝަނުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވެއެވެ. އެހެންވެ، މާލޭގެ މޭޔަރުކަމުގެ ގޮނޑި ނުލިބުނު ނަމަވެސް އެކަމާ މާޔޫސްނުވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޑަބަލް ނަތީޖާ ނެރޭނެ ކަމަށް ޕީޕީއެމް-ޕީއެންސީިއިން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ