ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހެދުމާއި، އިތުރު މުހިއްމު ކަންތައްތަކާބެހޭ ގޮތުން ސްޓެލްކޯއިން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯގައި އޮތް މި ބައްދަލުކުރެއްވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހްމީއާއި އެ ކުންފުނީގެ އިސްވެރިންނާއި އަދި ފުލުހުންގެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
އެކުންފުނިން ފުލުހުންނާ އެކު މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހަދައި، އެ ސިސްޓަމް އަޕްގްރޭޑް ކުރުމާއި، ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާ ގުޅޭގޮތުން އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި އެ ކުންފުންޏާއި ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި، ފުލުހުންގެ އިންޖީނިއަރުންނަށް މިކުންފުނީގައި ޖޮބް އެޓޭޗްމަންޓް ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނެއެވެ.
ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހަދައި، އެ ސިސްޓަމް އަޕްގްރޭޑް ކުރުމާއި، މިކުންފުނީގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުން އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި މިކުންފުންޏާއި، ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް… pic.twitter.com/o09SRaCT21
— STELCO (@STELCOMALDIVES) January 16, 2024