Thursday, 25 July 2024

ރޯދަމަހު ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަން ޚާއްސަ ފިޔަވަޅުތަކެއް

ފުރަތަމަ ފަހަރަށް މި ރޯދަމަހު ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އެހެން އަހަރުތަކުގެ ރަމަޟާންމަހާއި ޚިލާފަށް މިއަހަރު ވެގެންދާނީ ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ އަހަރަކަށް ކަން ހާމަކުރައްވައި، "ޕީއެސްއެމް" ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލް ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ އެ ވުޒާރާގެ މައްޗަށް ހަފްތާ14 މަގުޗާޓުގައި ކުރުމަށް ލާޒިމްކޮށްފައިވާކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ، މި މަސައްކަތުގެ ދަށުން ރަމަޟާންމަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ މި އަހަރުގެ ރަމަޟާންމަހު މާކެޓްގެ އަގުތައް ކޮންޓްރޯލް ކުރާނެކަމަށް ޙުސައިން އިސްމާޢީލް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރުމަށް ދުރާލާ ތައްޔާރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޢާންމުކޮށް ދިވެހީންކެއުން ބުއިމުގައި ބޭނުންކުރާ ބާވަތްތައް ބޭނުންކުރާ ނިސްބަތް ދެނެގަނެ، އެ އަދަދުތައް ހޯދުމަށް ފަހު، މާކެޓަށް އުފެއްދުންތައް ނެރެވެން ހުރީ ކިހާވަރަކަށްތޯ ބަލާނެ ކަމަށާއި، ރާއްޖެއިން ބޭރުން ތަކެތި ގެންނަން ޖެހޭނަމަ އެ އަދަދެއް ވެސް އެނގޭނެ ސްޓޭޓު މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއިއެކު މާކެޓަށް ނުގެނެވުމުގެ މައްސަލަކަން ކަމަށާއި، އެކަމަށް ހައްލެއް ގެނައުމަށް އެގްރޯނެޓާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށާއި، ދަނޑުވެރިކަމުގެ ތަކެތި ހައްދާ ރަށްރަށާއި ހައްދާ މިންވަރު މިހާރު ދިރާސާކުރެވިފައި ނެތް ނަމަވެސް މިކަން ދިރާސާ ކުރެވުމުން ރާއްޖެއިން ބޭރުން ގެންނަންޖެހޭ މިންވަރު އިނގި އަގު ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެންދާނެކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލް ވިދާޅުވިއެވެ.

އޭނާ މިކަންކަން ފާހަގަކުރައްވާފައިވާްއިރު، ކޮންމެ އަހަރެއްގެވެސް ރަމަޟާންމަސް ފާހަގަވެގެންދަނީ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާ މަހަކަށެވެ. ވިޔަފާރިވެރިން ބުނަމުންދަނީ އަގުތައް އުފުލިގެންދަނީ ޑިމާންޑާއި އެއްވަރަށް ތަކެތި ނުލިބޭތީކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު