Wednesday, 19 June 2024

މާލޭ ސިޓީ ކައުންސިލްގެ ބޮޑެތި މަޝްރޫއުތަކެއް މިނިސްޓްރީއާ ހަވާލުކުރަން ފާސްކޮށްފި

މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ 100 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން އެ ކައުންސިލުން ފާސްކޮށްފިއެވެ.

މިކަން ފާސްކުރައްވާފައިވަނީ މިއަދު ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައެވެ. މިއަދގެ ޖަލްސާއަށް އެޖެންޑާކުރެއްވީ، ސިޓީ ކައުންސިލުން ފަށަން ހަމަޖައްސާފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ހިއްސާކުރުމާއި ބައެއް ހުށަހެޅުންތަކަށް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ.

ބޮޑަތި ޕްރޮޖެކްޓްތައް ހިންގުމުގައި، ކައުންސިލްގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި މުހައްމަދު ޝާހިދު މިއަދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާހިދު ވަނީ އެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަޝްރޫއުތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރަން ހުށަހަޅުއްވައިފައެވެ.

އޭނާ ހުށަހެޅުއްވީ، އެ ޕްރޮޖެކްޓުތަކަށް ކައުންސިލުން އެއްބަސްވެފައި ހުރި ޓާމްތަކަށް އެއްވެސް ބަދަލެއް ނުގެެނެސް އެ ޕްރޮޖެކްޓުތައް އަވަސްކުރުމަށްޓަކައި އެ ކަމާ ގުޅޭ ވުޒާރާއަށް މި ޕްރޮޖެކްޓުތައް ވަގުތީ ގޮތުން މެނޭޖްކުރުމަށް ހަވާލު ކުރުމަށާއި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ އަކީ އެ ޕްރޮޖެކްޓްތައް ހިންގާނެ މިނިސްޓްރީގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެ ގޮތުން އޭނާ ކައުންސިލުން ހުށަހެޅީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ދިނުމަށެވެ. ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލުވާ ގޮތަށް ވެސް ވަނީ ފާސްކުރައްވާފައެވެ.

ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުގެ އެ ހުށަހެޅުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ތާއީދުކުރެއްވިއެވެ.

މިފަދައިން މި ނިންމުން ނިންމާފައި މިވަނީ، މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބުވެފައި ވަނިކޮށެވެ. އޭނާ މަގާމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތު ބާއްވަން ކައުންސިލުން މިއަދު ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބާއްވަން ފާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު