ހުޅުމާލޭގައި އިތުރު 2 މިސްކިތާއި، މާލޭގައި ތިންބުރީގެ މިސްކިތެއް އަޅަނީ

އަމިއްލަ ފަރާތްތަކެއްގެ ދީލަތި އެހީގައި ހުޅުމާލޭގައި އިތުރު 2 މިސްކިތާއި، މާލޭގައި ތިންބުރީގެ 1 މިސްކިތް އެޅުމަށް ފުރުޞަތުލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަރާތްތަކަށް އެފުރުޞަތު ފަހިވެގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދޮޅުއަހަރު ތެރޭގައި އެ މިސްކިތްތަކުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

"އަމިއްލަ ފަރާތްތަކެއްގަ ދީލަތި އެހީގައި ހުޅުމާލެގައި އިތުރު 2 މިސްކިތް، މާލެގައި ތިންބުރީގެ 1 މިސްކިތް އެޅުމަށްވަނީ ފުރުޞަތުލިބިފަ. އިންޝާ ﷲ އެފަރާތްތަކަށް އެފުރުޞަތު ފަހިވެގެންދާނެ. ކުރިއަށް އޮތް ދޮޅުއަހަރު ތެރޭ މިތަންތަނުގެ މަސައްކަތް ނިމޭނެ އިންޝާ ﷲ." ޝަހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *