ރިސާލާ ޕްރޮގްރާމްގެ ދަށުން ޓީވީ ޕްރޮގްރަމްތައް ހަދައިދޭނެ ފަރާތެއް ހޯދަނީ

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހިންގާ ރިސާލާ ޕްރޮގްރާމްގެ ދަށުން މިއަންނަ ރަމަޟާން މަހަށް ޓީވީ ޕްރޮގްރަމްތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަމަށް ހުޅުވާލައި އެ މިނިސްޓްރީއިން މިއަދުކުރި އިއުލާނުގައިވާ ގޮތުގައި ބީލަން ހުޅުވާ ލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެން ޓީވީ ޗެނެލް ހިންގާ ވިޔަފާރިތަކަށެވެ.

 އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސާފު ކުރުމަށް ވުޒާރާއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށާއި،  އެ އިއުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް މިނިސްޓްރީގެ އެ އިއުލާނުގައިވެއެވެ.

ހަމައެހެންމެ، އެ އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާދަމާ ހެނދުނު 10:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނުގައި ވަނީ ރިސާލާ ޕްރޮގްރާމްގެ ދަށުން 1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަ ޓީވީ ޕްރޮގްރަމްތައް ހެދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

ރިސާލަތު ޕްރޮގްރާމަކީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް އަޤީދާ ވަރުގަދަ ކުރުމާއި އެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރި ވެފައިވާ ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ