މެދުއިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަން ނިމުމަކަށް އައިސް، އެ ސަރަހައްދުގެ ހަމަޖެހުން ގުޅިފައިވަނީ ފަލަސްޠީން މިނިވަންވުމާ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޔޫގަންޑާގެ ކަމްޕާލާގައި ބޭއްވި ނޮން އެލައިންޑް މޫވްމަންޓް (ނާމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްރާއީލުގެ ޒަޔަނިސްޓު ނިރުބަވެރި ސިފައިން ފަލަސްޠީނުގެ ބިމުގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުށްވެރިކުރައްވައި، މި މައްސަލައިގައި ދިވެހިން އަބަދު ވެސް ދެމިތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކުގައިކަމަށެވެ.
ފަލަސްޠީނު ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ލިއްބައިދިނުމުގައި ކުރަންޖެހޭ މަސައްކަތުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވަމުން، މެދުއިރުމަތީގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ޞުލްޙައެއް ޤާއިމުކުރެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރެވި، އިރުމަތީ ގުދުސަކީ އެޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށް މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.
ނާމް އަކީ އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ އުއްމީދެއް ކަމަށާއި، ހިޔާލު ތަފާތުވުންތަކާއެކު ވެސް ހަލަބޮލި ދުނިޔޭގައި ގުޅިގެން ކުރިއަށް ދެވޭނެކަމުގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ގައުމުތަކުގެ ސައިޒަށް ބެލުމެއް ނެތި، ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ފުރުސަތަކަށް ނާމް ވެފައިވާކަމަށާއި، އދ. ގައި މިހާރުގެ މަސައްކަތް ކުރުމުގެ އުސޫލުތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށާއި ސަގާފީ މައްސަލަތަކުން ބޭރުގައި އެހެން މައްސަލަތަކާ ގުޅޭގޮތުން ވެސް ވަރުގަދަ މަޝްވަރާތައް އުފެއްދުމުގެ މުހިންމުކަމަށް ވަޒީރު ވިދާޅުވިއެ
މި ބައްދަލުވުމުގައި ވަޒީރު ވަނީ، އިސްރާއީލުގެ ޒަޔަނިސްޓު ނިރުބަވެރި ސިފައިން ފަލަސްޠީނުގެ ބިމުގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުށްވެރިކުރައްވައި، މި މައްސަލައިގައި ދިވެހިން އަބަދު ވެސް ދެމިތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކުގައިކަން ފާހަގަކުރައްވާފައެވެ.
ފަލަސްޠީނު ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ލިއްބައިދިނުމުގައި ކުރަންޖެހޭ މަސައްކަތުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މެދުއިރުމަތީގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ޞުލްޙައެއް ޤާއިމުކުރެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރެވި، އިރުމަތީ ގުދުސަކީ އެޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށް މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.
ނާމްގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ނާމް އަކީ އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ އުއްމީދެއް ކަމަށާއި، ހިޔާލު ތަފާތުވުންތަކާއެކު ވެސް ހަލަބޮލި ދުނިޔޭގައި ގުޅިގެން ކުރިއަށް ދެވޭނެކަމުގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ގައުމުތަކުގެ ސައިޒަށް ބެލުމެއް ނެތި، ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ފުރުސަތަކަށް ނާމް ވެފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ނާމް އިތުރަށް ފުޅާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވައި، ތިން ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ. އދ. އާއި އޭގެ މުހިންމު ގުނަންތައް އިސްލާހުކުރުން ހިމެނޭގޮތަށް، ގްލޯބަލް ގަވަނެންސް އިސްލާހުކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ނާމް އަށް ވަޒީރު ޒަމީރު އިލްތިމާސް ކުރެއްވިއެވެ.
އަދި އދ. ގައި މިހާރުގެ މަސައްކަތް ކުރުމުގެ އުސޫލުތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށާއި ސަގާފީ މައްސަލަތަކުން ބޭރުގައި އެހެން މައްސަލަތަކާ ގުޅޭގޮތުން ވެސް ވަރުގަދަ މަޝްވަރާތައް އުފެއްދުމުގެ މުހިންމުކަން ވަޒީރު ވިދާޅުވިއެވެ.
1961 ވަނަ އަހަރު އުފެއްދި ނޮން އެލައިންޑް މޫވްމަންޓަކީ ބޮޑެތި ބާރަކާ އެއްކޮޅަށް މަސައްކަތް ނުކުރާ 120 ޤައުމެއް އެކުލެވޭ ގުރޫޕެކެވެ. ރާއްޖެ ނާމްގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރުއެވެ.