ގދ. މަޑަވެލި އަދި ހޯޑެއްދޫ އިންޖީނުގެ އަޅަން 22 މިލިއަން، ފެންނަން ހުރީ ފެންހެދިފައިވާ ވަޅުގަނޑަކާއި ޓިނު ގުދަނެއް

ކުރީގެ ސަރުކާރުން ގދ. މަޑަވެލި އަދި ހޯޑެއްދޫގައި އަޅަންފެށި އައު އިންޖީނުގޭގެ މަސައްކަތަށް 22 މިލިއަން ރުފިޔާ ޚަރަދުވިނަމަވެސް، ހަމައެކަނި ފެންނަން ހުރީ ފެންހެދިފައިވާ ވަޅުގަނޑަކާއި ޓިނު ގުދަނެއް ކަން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ޙިއްސާ ކުރެއްވި ޕޯސްޓަކުން ކަށަވަރުވެއްޖެއެވެ.

ކުރީގެ ސަރުކާރުން ގދ. މަޑަވެލި އަދި ހޯޑެއްދޫގައި އަޅާ އައު އިންޖީނުގޭގެ މަސައްކަތަށް 22 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ދެއްކި ނަމަވެސް އެއްވެސް ވަރަކަށް މަސައްކަތް ކުރެވިގެން ގޮސްފައިވާ މަންޒަރު ފެނިފައެއް ނުވެއެވެ.

ގދ. ހޯޑެއްދޫ އާއި މަޑަވެލީގެ އިންޖީނުގޭގެ މަޝްރޫއުގެ ޚަރަދުތަކާއި ގުޅޭގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، މި މަޝްރޫއަށް 1418.12 ސްކޮޔާ މީޓަރުގެ ބިމެއް ދީފައިވާ ކަމަށެވެ. އަދި އެ މަޝްރޫއަށް 22،1 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މުވައްޒަފުންގެ ހަރަދަށް 13.4 މިލިއަން ރުފިޔާ އަދި ޕެޓީ ކޭޝްގެ ގޮތުގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ އަދި ތަކެތީގެ ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ގޮސްފައިވާ ކަމަށް އޭނާ އާއްމު ކުރެއްވި މައުލޫމާތުގައި ވެއެވ

އެހެން ނަމަވެސް މުއާޒް ހިއްސާ ކުރެއްވި ފޮޓޯތަކުން ހަމައެކަނި ފެންނަން ހުރީ ފެންގަނޑަކާއި، ޓިނު ގުދަނެކެވެ.

އެ އިންޖީނު ގޭގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގެންގޮސް 22.6 މިލިއަން ރުފިޔާ ވަނީ ފެނަކައިން ހަރަދުކޮށްފައެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު